އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށް އެމެރިކާގެބާ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
އެމެރިކާގެ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ދެ ފަނޑިޔާރުން ހައްޔަރު ކޮށްފައިވަނީ ފަނޑިޔާރުން ހައްޔަރު ކުރުމަށް ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެ ބަޔާނުގައި ވަނީ އެ ބޭފުޅުން މިނިވަންކޮށް މަގާމު އިޔާދަ ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލާފައި އެވެ.
އިތުރަށް ބުނެފައިވަނީ އދ. ގެ އުސޫލާ އެއްގޮތަށް ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެ ކަމަށެވެ. ބައިނަލް އަގުވާމީ އުސޫލުތަކާވެސް ހިލާފަށް ދެ ފަނޑިޔާރަކު ހައްޔަރު ކޮށްފައިވާތީ ކަންބޮޑުވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް