ހައްޔަރު ކުރުމަށް ފަހު ކަނޑާލި ސިފައިން އަނެއްކާވެސް ހައްޔަރު ކޮށްފި

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރަނިކޮށް ހައްޔަރު ކުރުމަށް ފަހު ފަހުން ވަޒީފާއިން ވަކިކުރި ތިން މީހަކު ރޭ ފުލުހުން ހައްޔަރު ކޮށްފި އެވެ. މައ...

15 Mar 2018 | 06:03

ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރަނިކޮށް ހައްޔަރު ކުރުމަށް ފަހު ފަހުން ވަޒީފާއިން ވަކިކުރި ތިން މީހަކު ރޭ ފުލުހުން ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރު ކުރީ ސިމާދު އަހުމަދާއި އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު އެވެ. އެމީހުން ހައްޔަރު ކުރީ ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިއަލެއްގެ ކައިރީ ތިއްބަ އެސްއޯ ފުލުހުން ގޮސްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްގެން އެމީހުން ގެންދިޔައީ ދޫނިދޫ އަށެވެ. އެމީހުްނ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

މީގެ ތެރެއިން ފައްތާހުއާއި ޝާނީޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީ ގާޑުންގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ދެ މީހުންނެވެ. ސިމާދަކީ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑީ ގާޑުކަން ކޮށްފައިވާ މީކެވެ.

ކުއްލި ކުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ޝާނީޒާއި ސިމާދު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެމީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، އެނގެން ނުޖެހޭ މައުލޫމާތު ބަޔަކަށް ފޯރުކޮށްދިންކަމުގެ ތުހުމަތުގަ އެވެ. އަދި އެ ދެ މީހުން މިމަހުގެ ހަވަނަ ދުވަހު ވަޒީފާއިން ވަކި ކުރީ، އަމިއްލައަށް ކެނޑެން އެންގުމަށް ފަހު އެކަން ނުކުރުމުން ކަމަށް ވެސް އެނގިފައި ވެ އެވެ.

މި ތިން މީހުންގެ އިތުރުން ސަރުކާރު ވައްޓާލާ ސިފައިންގެ އާ ފުލުހުންގެ އިދާރާގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ބަންދުކޮށް ތަހުގީގު ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުންގެ މައްސަލަވެސް ހިމެނޭ ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް