މާބޮޑަށް ބަނޑުހައި ވީމަ ރުޅި އާދެވެނީ ކީއްވެކަން އެނގޭތަ؟

އާންމުކޮށް މާބޮޑަށް ބަނޑުހައިވެ ކާއެއްޗެއް  ނުލިބި ގިނަ އިރުވާން ފަށައިފި ނަމަ އެކަމުގެ ރުޅި އާދެވެނީ ދެން ތިބޭ މީހުން ދެކެވެ. ނޫނީ އަމިއްލައަށްވެސް ގޯސް ހަދަ އެވެ. ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ...

15 Mar 2018 | 03:40

އާންމުކޮށް މާބޮޑަށް ބަނޑުހައިވެ ކާއެއްޗެއް  ނުލިބި ގިނަ އިރުވާން ފަށައިފި ނަމަ އެކަމުގެ ރުޅި އާދެވެނީ ދެން ތިބޭ މީހުން ދެކެވެ. ނޫނީ އަމިއްލައަށްވެސް ގޯސް ހަދަ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ކާނާ އަކީ ސިނކުޑިއަށް ބޭނުންވާ ތެލެވެ. ކާނާއިން ހަށިގަނޑުގެ ކޮންމެ ސެލްއަކަށް ބޭނުންވާ  ހަކަތަ ލިއްބައިދެ އެވެ. އެހަކަތަ އާއި ތެޔޮ ހަށިގަނޑަށް ގަޑިންގަޑިއަށް ބަރާބަރަށް ނުލިބޭ ނަމަ ސީރިއަސް ސިއްހީ މައްސަލަތަކާއި ކުރިމަތިވެ އެވެ. އޭގެ ތެރޭގައި ބަނޑުހައިވުމުން އަންނަ ރުޅިވެސ ހިމެނެ އެވެ.

ކާ ކޮންމެ އެއްޗަކުން ހަށިގަނޑަށް އެތައް ނިއުޓްރިއެންޓްސް އެއް ލިބެ އެވެ. މިސާލަކަށް ހަމައެކަނި ހަކުރު ހިމެނޭ އެއްޗެއް ކެއުމުން ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓްސް ލިއްބައިދެ އެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ހަކަތަ ލިބޭނެ އެވެ.

ކައިގެން މާގިނަ އިރުވާން ފެށުމުން ހަށިގަނޑުގައި ހުންނަ ނިއުޓްރިއެންޓްސްގެ ބާރު ދަށްވާން ފަށަ އެވެ. ލެއާއި ގުލްކޯޒް ލެވެލް ދަށްވާން ފަށައެވެ. ގުލްކޯލް ލެވެލްއަކީ އެއާ ސިކުނޑީގެ ހަމަޖެހުން ގުޅިފައިވާ އެއްޗެކެވެ. ގުލްކޯޒް ލެވެލް ދަށްވާނަމަ ސިކުނޑީގެ ހިނގުމަށް ބަދަލު އައިސް ކަންކަމަށް ސަމާލުކަން ނުދެވި، ރުޅިއައިސް، މޮޔަ ކަންތައްތައް ކުރެވޭ ގޮތް ވެ އެވެ.

ހައްލު:

މާބޮޑަށް ބަނޑުހައިވެ މީހުން ދެކެ ރުޅި އާދެވޭނަމަ އެންމެ ރަނގަޅު ގޮތަކީ މާބޮޑަށް ބަނޑުހައި ނުވަނީސް ފޮނި އެއްޗެއް ކާލުމެވެ. އޭގެ ތެރޭގައި ލުއި ކާނާ އާއި ޗޮކުލެޓު ފަދަ އެއްޗެހި ރަނގަޅުވާނެ އެވެ. އެއީ ގުލްކޯޒް ލެވެލް މަތިވުން ފޮނި އެއްޗެހިން އަވަސް ކޮށްދޭތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް