ބޮލީވުޑްގެ ސުޕާ ސްޓާ އާމިރު ހާން އޭނާގެ ފިލްމުތައް ކުޅެދެނީ ވަކި އަގެއް ކަނޑައަޅައިގެން ނޫން ކަމަށް އޭނާ ބުނެފި އެވ.
އިއްޔެ ފާހަގަ ކުރި އާމިރު ހާންގެ އުފައްދުވަހާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ވަކި އަގެއް ކަނޑައަޅައިގެން ފިލްމު ނުކުޅެދޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އޭގެ ބަދަލު އޭނާއަށް އަގު ދޭން ޖެހޭނީ ފިލްމަށް އާމްދަނީ ލިބޭ ވަރަކުން ކަމަށް ބުންޏެވެ.
އޭނާގެ ފިލްމެއް ނުހިނގައިގެން ފިލްމު އުފެއްދި ފަރާތަށް ގެއްލުމާ ކުރިމަތި ލާން ޖެހިއްޖެ ނަމަ އާމިރަށް މާ ބޮޑު އާމްދަނީއެއް ނުލިބޭ ކަމަށް ބުންޏެވެ. އެކަމަކު އެކަން އާންމުންނަށް މިހާތަނަށް ނޭނގޭ ކަމަށް އާމިރު ހާން ބުންޏެވެ.
ވަކި އަގެއް ކަނޑައަޅައިގެން ފިލްމު ކުޅުން ހުއްޓާލާފައިވާ ކަމަށް އާމިރު ބުނި އިރު އާމިރުގެ އެ އުސޫލުގެ ދަށުން ބޮޑު އާމްދަނީއެއް އޭނާއަށް ލިބޭނެ އެވެ. އެއީ މިފަހަކުން އާމިރު ހާން ކުޅުނު ގިނަ ފިލްމު ތަކަކީ ސުޕާ ހިޓް ފިލްމުތަކަށްވެފަ، އެ ފިލްމުތައް އެހެން ގައުމުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ތީ އެވެ.
މި ފަހުން ރިލީޒްވެފައިވާ އާމިރު ހާންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ދަންގާލް" އަދި "ސީކްރެޓް ސުޕާ ސްޓާ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް