އުތުރުގެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައިގަ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރެފި އެވެ. މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށެވެ. ...

14 Mar 2018 | 19:47

މިހާރު ކުރަމުންދާ ވިއްސާރައިގަ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށެވެ. އެ ތިން އަތޮޅަށް ވައިޓް އެލާޓު ނެރުނީ މިރޭ 12:15 ން ފަތިހު 6:00 އަށް ކަމަށެވެ.

މިވަގުތުތަކުގައި އެ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގަދަ ވަޔާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. ވައި އެންމެ ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ 35 މޭލަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި އުތުރުގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ދަންވަރުގެ ވަގުތުތަކުގައި އެވެ. އެގޮތުން ރޭވެސް ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައިޓް އެލާޓު ނެރެނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް