އަލަމާރިއެއް ވިއްކަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރު

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތުވާ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފ...

15 Feb 2026 | 06:17
ފޮޓޯ: ފުލުހުން

ފޮޓޯ: ފުލުހުން

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ

އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތުވާ ބިދޭސީއަކު ފުލުހުން

ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން

23 އަހަރުގެ ނަކުލް ކޭ ސީ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތްވަނަ

ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް

ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލައިގެ ތަހުޤީގާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، ހައްޔަރުކުރި

ނަކުލް ކޭ ސީއާ ގުޅުންހުރި މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުންގެ

ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަތައް ވެސް ތަހުޤީގު ކުރަމުންދާ

ކަމަށެވެ.

މި ދުވަސްވަރަކީ ސޯޝަލް މީޑިއާގެ އެކި މަންސަތައް، ހާއްސަކޮށް ފޭސްބުކް

މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާކަމަށް ބުނެ

އޮޅުވައިލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ދުވަސްވަރެކެވެ.

އެހެންކަމުން، އޮންލައިންކޮށް މިފަދަ މުއާމަލާތްތައް ކުރުމުގައި އާންމުން

މީގެއަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް