އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން: އެންމެ މަސްދަޅެއް ބައްލަވައިގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު

ހަމަ އެންމެ މަސްދަޅެއް ބައްލަވައިގަނެގެންވެސް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތާއެކު އެންޒީން ޕްރޮމޯޝަނެއް ފަށައިފިއެވެ. ވަރަށް ފައްކާ ނަމުގައި އެންޒީން ފެށި މި ޕްރޮމޯޝަން ތަފާތު އެތަކެއް އިނާމާއ...

15 Feb 2020 | 08:33

ހަމަ އެންމެ މަސްދަޅެއް ބައްލަވައިގަނެގެންވެސް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތާއެކު އެންޒީން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވަރަށް ފައްކާ ނަމުގައި އެންޒީން ފެށި މި ޕްރޮމޯޝަން ތަފާތު އެތަކެއް އިނާމާއެކު މިއަދުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމުގައި އެންޒީން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އެންޒީ މަސްދަޅެއް ބައްލަވައިގެންނެވުމަށްފަހު ދަޅުގެ ލޭބަލް ދަށުގައިވާ ޔުނީކް ސީރިއަލް ނަމްބަރު 5040 އަށް އެސްއެމްއެސް ކުރެއްވުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަނެވޭނެއެވެ. ދިރާގު އަދި އުރީދޫ ނަމްބަރުތަކުންވެސް 5040 އަށް އެސްއެމްއެސް ކުރެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ ކޮންމެ މަހަކު، ގުރުއަތުން ހޮވޭ ފަރާތަކަށް އެއްވަނަ އިނާމަކަށް 10 ހާސް ރުފިޔާ، ދެވަނަ އަށް ފަސް ހާސް ރުފިޔާ އަދި ތިންވަނައަށް އެއް ހާސް ރުފިޔާ ލިބޭގޮތަށެވެ. މީގެ އިތުރުން ލޭބަލްގެ ފަހަތުގައި ދެ މަސްދަޅު އައިކޮން ދިމާވެއްޖެނަމަ، ލޭބަލް ހިއްޕަވައިގެން އެންޒީގެ ކޮންމެ ފިހާރައަކަށް ވަޑައިގެން އިންސްޓަންޓް ގޮތުގައި ހިލޭ ދެ މަސްދަޅު ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް އެންޒީން ބުނެއެވެ.

އެންޒީއަކީ އަބަދުވެސް ދިވެހި އުފެއްދުންތެރިކަމަށް ބޮޑު އަހަންމިއްޔަތު ކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެންޒީން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ، އެންސިސް ފިޝަރީޒްގެ ރާއްޖެ ފެކްޓަރީގައި ތައްޔާރުކޮށް ބަންދުކުރެވިފައިވާ މަސްދަޅުތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް