"ރަށްފެހި" ޕްރޮގްރާމްގައި މި ފަހަރު ސްޓެލްކޯއިން އިންދީ 3000 ގަސް

"ރަށްފެހި" ޕްރޮގްރާމްގައި މިއަހަރު ސްޓެލްކޯއިން3000 ގަސް އިންދައިފި އެވެ. މި ޕްރޮގްރާމް ރަސްމީކޮށް މިއަދު ފެށީ ތިލަފުށީގައި ހުންނަ ސްޓެލްކޯ އިންޖީނުގޭގައި އެވެ. ރަސްމީކޮށް ޕްރޮގްރާމް ފައްޓަވައިދެއްވީ ...

15 Feb 2020 | 07:54

"ރަށްފެހި" ޕްރޮގްރާމްގައި މިއަހަރު ސްޓެލްކޯއިން3000 ގަސް އިންދައިފި އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް މިއަދު ފެށީ ތިލަފުށީގައި ހުންނަ ސްޓެލްކޯ އިންޖީނުގޭގައި އެވެ. ރަސްމީކޮށް ޕްރޮގްރާމް ފައްޓަވައިދެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އާދަމް އާޒިމް އެވެ.

ސްޓެލްކޯއިން ބުނީ މި ހަރަކާތް މިއަދު ސްޓެލްކޯއިން އިންޖީނުގެ ހިންގާ35 ރަށެއްގައި ކުރިޔަށް ދާނެ ކަމަށެވެ. މި ޕްރޮގްރާމްގައި އެންމެ ގިނަ ގަސް އިންދި ޑިޕާޓްމެންޓާއި، ތަފާތު ގަސްގަހާއި އެންމެ ރީތި ގަހާއި އެންމެ ރަނގަޅަށް ގަސް ބަލަަހައްޓާ މުވައްޒަފުން ހޮވައި އިނާމް ދޭން ވަނީ ނިންމާފަ އެވެ.

"ރަށްފެހި" ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ ބްރާންޗުތަކުގައި މިދިޔަ އަހަރު ވަނީ2000 ގަސް އިންދާފަ އެވެ.

މިއީ މުޅި ރާއްޖެ ފެހި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ރަށްފެހި" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ އަހަރަވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރައީސް ސޯލިހު ރަސްމީކޮށް ފައްޓަވައިދެއްވީ2018 ޑިސެންބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް