މަޖިލީސް އިންތިހާބުގަ ލިބުނު ކާމިޔާބު ކައުންސިލް އިންތިހާބުގަވެސް ލިބޭ: ރައީސް

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވަރުގެ ކާމިޔާބެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައިވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯ...

15 Feb 2020 | 07:26

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވަރުގެ ކާމިޔާބެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައިވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ޕޯސްޓަރު ހަރުކުރުމާއި ކުލަލުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އާއި ރައްޔިތުން އަދިވެސް ތިބީ، މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯދި ނަތީޖާ އަށް މިސްރާބު ޖަހައިގެން ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނީ 60 ޕަސެންޓަށް ވުރެ ބޮޑު އައުލަބިއްޔަތަކުންނެވެ.

"އެނގިވަޑައިގަންނަވާނެ ނިމިދިޔަ ރައްޔިތުން މަޖިލީސް އިންތިހާބުގައި ރައްޔިތުން ދެއްކި ނަތީޖާ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރައްޔިތުން ތިބީ ހަމަ އެ މިސްރާބަށް އެ ދިމާއަށް ދަތުރު ކުރަން ވިސްނައިގެން އެހެންކަމުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއަށް ވުރެ ބޮޑުކޮށް އަޅުގަނޑުމެންނަށް މިފަހަރު ކާމިޔާބު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުން ވަރަށް މުހިއްމު ކަމަށެވެ. އެއީ ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތަކަށް އެއްބާރުލުންދީ، އެކަމަށް މަގުފަހި ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދު ފެށި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފަށާފައިވަނީ މާލޭ، އާޓިފިޝަލް ބީޗުގައި އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ހަރަކާތް މިއަދު ވަނީ ރަސްމީކޮށް ފަށާފަ އެވެ.

އެމްޑީޕީން ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރާނެކަން އިއުލާނުކޮށްފަ އެވެ. އެ އިންތިހާބުގައި980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް