އުފަންވާ ކުދިންގެ ފަރާތުން މި ތިން ކަންތައް ފާހަގަ ވާނަމަ ހާއްސަ ސަމާލުކަމެއްދީ!

ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތުން ފެށިގެން ކުއްޖާގެ ހަށިގަނޑުގެ ބޭރު ފުށުންނާއި އެތެރެއިން ފެންނަ ކަންކަމަށް ސަމާލުކަން ދޭންޖެ އެވެ. ހާއްސަކޮށް ތަފާތު ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އ...

15 Feb 2020 | 06:42

ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތުން ފެށިގެން ކުއްޖާގެ ހަށިގަނޑުގެ ބޭރު ފުށުންނާއި އެތެރެއިން ފެންނަ ކަންކަމަށް ސަމާލުކަން ދޭންޖެ އެވެ. ހާއްސަކޮށް ތަފާތު ކަމެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ވާނެ އެވެ.

ތިރީގައި އެވަނީ ކުއްޖާ އުފަންވާ ދުވަސްކޮޅު ހަށިގަނޑުން ފެންނަ ބައެއް އަލާމަތްތަކުގެ ތެރެއިން އަވަހަށް ފަރުވާ ހޯދަން ވާނެ ތިން ކަމެކެވެ.

ބަނޑުގައި ވައި ނުވަތަ ގޭސް އުފެދޭހެން ހީވުން:

އާންމުކޮށް އެންމެ ކުޑައިރު ހުރިހާ ކުޑަކުދިންގެ ބަނޑު ހުންނާނީ ވަށްކޮށެވެ. ރަނގަޅަށް ގާތުން ކިރު ބޮއެގެން ހަމަޖެހިލައިގެން ނިދާލަން އޮންނަ ކުއްޖެއްގެ ބަނޑު ވަރަށް މަޑުވާން ވާނެ އެވެ. އެކަމަކު ދަރިފުޅުގެ ބަނޑު ހަރުވެ ބޮޑުކަމު ނުދެވޭތާ ގިނަވެގެން ދެ ދުވަސް ވާއިރަށް ޑޮކްޓަރަކަށް ދައްކާލުން ރަނގަޅެވެ. އެއީ ކުއްޖާގެ ހަށިގަނޑަށް ވައި ވަދެ ނުވަތަ ބަނޑު މަބޮޑަށް ހުސްވުން ފަދަ ގޮތެއް ވެފަ ހުރެދާނެތީ އެވެ.

ވިހެއުމުގައި ކުއްޖާއަށް ލިބިފަ ހުންނަ އަނިޔާތައް:

ކޮންމެ ކުއްޖަކަށްވެސް އަދި މައިމީއަށްވެސް ވިއުމުގެ ތެރޭގައި އަނިޔާ ލިބެ އެވެ. ވިހާތާ ދެދުވަހެއް ތެރޭގައި ބައެއް ކުޑަކުދިންނަށް ވިހެއުމުގައ ލިބޭ އެ އަނިޔާތަށް ފަސޭހަ ވެއެވެ. އެކަމަކު އަނެއްބައި ކުދިންނަށް ވިހެއުމުގެ ތެރޭގައި ލިބިފަ ހުންނަ އަނިޔާތައް ފަސޭހަވާން ދުވަސް ނަގައެވެ. އެންމެ ބޮޑަށް އަނިޔާގެ މައްސަލަތަކާއި ކުރިމަތިވަނީ ބަރު، ބޮޑެތި ކުދިންނަށެވެ.

އާންމުކޮށް ވިހެއުމުގެ ތެރޭގައި އަނިޔާވަނީ އެފަދަ ކުދިންގެ ކޮނޑަށެވެ. މާބޮޑު ކަމެއް ނުކޮށް ހަރު ބާލީހެއް ކަހަލަ އެއްޗެއް ކޮނޑު ދަށަށް ލައްވާލާފައި ބާއްވާށެވެ. އޭރުން ވަރަށް އަވަހަށް ރަނގަޅުވާނެ އެވެ.

ބައެއް ފަހަރު ވިހެއުމުގައި މާގިނަ އިރު ހޭދަ ކުރަން ޖެހޭ މީހުން ވިހާއިރު ދަރިފުޅުގެ ގައިގެ މަސްގަނޑު ދޫވެފައި ހުރުން އެކަށީގެންވެ އެވެ. އާންމުކޮށް ދޫވެފައި ހުންނާނީ މޫނާއި ކޮނޑު އަދި އަތުގެ މަސްގަނޑެވެ. އެކަން ހަފްތާއެއް ތެރޭގައި ރަނގަޅުވާނެ އެވެ. އެކަމަކު ކުއްޖާ އުރާހަދާއިރު ތަދުވެދާނެ ކަމަށް ސަމާލުކަން ދޭންވާނެ އެވެ.

ކުއްޖާގެ ހަށިގަނޑު ނޫކުލައިގަ ހުރުން:

ވިހާއިރު ބައެއް ކުދިންގެ އަތާ ފައި ވަރަށް ބޮޑަށް ނޫކުލައިގަ ހުންނާނެ އެވެ. އެއީ ހާސްވާންވީ ކަމެއް ނޫނެވެ. އެއީ މާބޮޑަށް ފިނިބޮޑުވުމުން އަރާފައި އޮންނަ ކުލައެކެވެ. އެއް ދުވަސްވަރު ވާއިރު އެކުލަ މަޑުމަޑުން އަތައި ފައިން ފިލައިގެންދާން ފަށާނެ އެވެ.

ކުދިން ބަނޑުން ނުކުންނަ ގަޑީގައި މާ ބާރަށް ރުއިމުގެ ސަބަބުން ގިނަ ކުދިންގެ ދުލާއި މޫނު އަދި ތުންފަތަށްވެސް ނޫކުލަ އަރައެވެ. މި ތަންތަނަށް އަރާ ނޫކުލަ ވަރަށް އަވަހަށް ދާން ވާނެ އެވެ. އެހެން ނޫންނަމަ އެއީ ނޭވާލުމާއި، ގާތުން ބުއިމުގައި އުދަގޫތަކެއް އުޅޭކަމުގެ ނިޝާނެކެވެ. އަދި ފުއްޕާމެއާ، ހިތްް ރަނގަޅަށް މަސައްކަތް ނުކުރުމުގެ އިތުރުން އޮކްސިޖަން ރަނގަޅަށް ހަށިގަނޑަށް ނުލިބޭކަމުގެ ނިޝާނެއްގެ ގޮތުގައި ވެސް ދުލާއި ތުންފަތް އަދި މޫނު ނޫކުލައިގަ ހުރުން ހިމެނެ އެވެ.

އެހެންކަމުން މިކަންކަން ފާހަގަވާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް