އަންހެނަކު ދުއްވި ސައިކަލެއް ތެޔޮ ބައުޒަރަކާ ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް!

އަންހެނަކު ދުއްވި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭއިން ހުޅުމާލެއަށް ފައިބާ ހިސާބުގައި އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުނ...

15 Feb 2020 | 06:20

އަންހެނަކު ދުއްވި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭއިން ހުޅުމާލެއަށް ފައިބާ ހިސާބުގައި އެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ހެނދުނު10:20 އެހާއިރު އެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާ އާއި ތެޔޮ ބައުޒަރު ދުއްވަން ތިބީ 26 އަހަރުގެ ދެމީހުންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.އޭނާގެ ހާލު ސީރިއަސް ނޫންކަމަށްވެ އެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތެޔޮ ޓޭންކަރު އަނބުރާލަން އުޅެނިކޮށް ފަހަތުން އައިސް ސައިކަލުގަ ޖެހިގެންނެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް