ނޫމަޑިއަށް ބަދަލުގެ ގޮތުގައި ދިނީ 55 މިލިއަން ޑޮލަރު އެކަންޏެއް ނޫން: އުޝާމް

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވަނީ55 މިލިއަން ޑޮލަރު އެކަނި ނޫންކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އު...

15 Feb 2020 | 04:23

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވަނީ55 މިލިއަން ޑޮލަރު އެކަނި ނޫންކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް ސަރުކާރުން ހުށަހެޅުމުން ދައްކަން ޖެހުނު55 މިލިއަން ރުފިޔާ ދެ ބުރަކަށް ބަހާލައިގެން ދައްކާ ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ބަދަލު ދޭން ޖެހުނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު އާބިޓްރޭޝަން މަރުހަލާގައި ނޫމަޑިއާ އެއްކޮޅަށް ބަޔާނެއް ދީފައިވާތީ ސަރުކާރުގެ ދިފާއު ބަލިކަށިވެގެން ކަމަށެވެ.

މިމައްސަލައިގަ އިއްޔެ އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައިވަނީ55 މިލިއަން ރުފިޔާ އެކަނި ނޫންކަމަށެވެ. ހުޅުމާލޭގައި ސިފައިންގެ ފްލެޓު އެޅުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިފްކޯ) އިން ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން ސިފްކޯއަށް އަނބުރާ ދޭން ޖެހޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް އެ ކުންފުންޏާއި އެކު ސަރުކާރުން ހެދި ސެޓްލްމެންޓު އެގްރިމެންޓުގައި ބުނެފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ނޫމަޑިން ސިފްކޯއަށް92 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އުޝާމް ވިދާޅުވީ ސިފައިންގެ ފްލެޓު މަޝްރޫއަކީ ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާއި އެއްވެސް ގުޅުމެއް ނެތް މަޝްރޫއެއް ކަމަށެވެ.

https://twitter.com/a_usham/status/1228280649934495746

ނޫމަޑިން އާބިޓްރޭޝަނަށް ދިޔައީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި، ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާއި އެކު ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ. އެ އެއްބަސްވުންތަކުގެ ދަށުން ނޫމަޑި އަށް ލަގުޒަރީ ވިލާ އަޅާށާއި ރިސޯޓް ހަދަން ދެ ރަށެއްވެސް ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް