ބޮލީވުޑް، ހޮލީވުޑް ތަރިންގެ ސަޕޯޓަރުންނަކީ މަގުބޫލުކަން ހޯދުމަށް ނުވަތަ އެ ތަރިންގެ ފަރާތުން ސަމާލުކަން ހޯދުމަށް ވަރަށް މަސައްކަތް ކުރާ ބައެކެވެ.
މިފަހަރު އެކަހަލަ ކަމެއް މިކުރީ އިންޑިއާގެެ އުތުރު އަސާމް ސްޓޭޓްގެ ޓައުނެއް ކަމަށްވާ ޓިންސުކިއާގެ އުމުރުން 52 އަހަރުގެ ބޫޕެން ލިކްސަން އެވެ. އޭނާ އަކީ ބައިސްކަލް ދުއްވާ މީހެކެވެ. އަދި ބޮލީވުޑްގެ މެގަ ސްޓާ ސަލްމާން ހާންގެ ވަރުގަދަ ސަޕޯޓަރެކެވެ.
އެހެންވެ އޭނާ ޓިންސުކިއާއިން އެ ސްޓޭޓްގެ ގުވާޓީއަށް ބައިސްކަލުގަ600 ކިލޯމީޓަރު ހުރަސްކޮށް ދަތުރު ކުރީ ސަލްމާން އާއި ބައްދަލު ކުރާށެވެ. ސަލްމާން އެ ސިޓީއަށް ދާން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ބާއްވާ ފިލްމް ފެއާ އެވޯޑު ހަފްލާއަށެވެ.
މިމަހުގެ އަށް ވަނަ ދުވަހު އޭނާ ބައިސްކަލުގައި ފެށި ދަތުރު ގުވާޓީއަށް ފޯރީ13 ވަނަ ދުވަހު އެވެ. އެކަމަކު އޭނާއާ ސަލްމާން ބައްދަލުވާނެކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނުލިބެ އެވެ.
ބޫޕެން އަކީ ތަފާތު ގޮތް ގޮތަށް ސައިކަލް ދުއްވުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. އެގޮތުންް އޭނާ ވަނީ ބައިސްކަލުގައި އަތް ނުލާ 48 ކިލޯމީޓަރަށް 60 މިނެޓު ވަންދެން ދުއްވައިގެން އިންޑިއާގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް