އިތިއޮޕިއާގައި ސިޔާސީ މަސްރަހު ގޯސްވެފައިވާއިރު ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށްފަހު އެ ގައުމުގެ ބޮޑުވަޒީރު ކަމުންނާއި ވެރިކަންކުރާ ކޯލީޝަންގެ ޗެއާމަން ކަމުން ހައިލަމަރިއަމް ޑިސައިލެން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ. މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެގައުމުގެ ސިޔާސީ މަސްރަހު ގޯސްވެ އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ގެއްލިފައި ވެ އެވެ.
"އަހަރެންގެ އިސްތިއުފާ އަކީ ހާލަތު ރަނގަޅު ކުރުމާއި ޑިމޮކްރަސީ އިއާދަވުމާއި ސުލްހަ ގާއިމްވެގެންދާނެ ކަމެއް ކަމުގައި ދެކެން" އިސްތިއުފާ ދެއްވަމުން އޭނާ ވިދާޅުވެފައި ވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އިސްތިއުފާގެ ސިޓީ ބަލައިގަނެ އައު ބޮޑުވަޒީރަކު އައްޔަން ކުރަންދެން ވެރިކަމުގައި ހުންނަވާނެ ކަމަށެވެ.
2015 އިން ފެށިގެން އިތިއޮޕިއާގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު އިދިކޮޅު ސިޔާސީ އެތައް ބަޔަކު ހައްޔަރު ކޮށްފައި ވެ އެވެ. ސިޔާސީ މަސްރަހު ހައްލަކަށް އެޅުވުމަށް ސިޔާސީ ލީޑަރުން ދޫކުރަމުންވެސް ދިޔަ އެވެ. އަދި ގައުމު ހިންގަމުން ގޮސްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެންނެވެ.
ސިޔާސީ މަސްރަހު ފިނިކުރުމަށް މި އަހަރުގެ ޖަނަވަރީ މަހު ބޮޑުވަޒީރު އިއުލާނު ކުރެއްވީ ސިޔާސީ އިދިކޮޅު 7000 އަށްވުރެ ގިނަ މީޙޫން މިނިވަން ކުރާނެ ކަމަށެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ އެ އެންމެން މިނިވަން ކުރުމަށްފަހުގައި ކަމަށް ރިޕޯޓް ކޮށްފައި ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް