ކޮންކްރީޓް ގެށުމަށް ބޭނުންކުރާ މެޝިނެއްގެ ތެރޭގައި ފިލާތިބެ އެކުވެރި އަރަބި އިމާރާތަށް އެތެރެވާން އުޅުނު 22 މީހަކު އަތުލައިގެންފި އެވެ.
މި މީހުން އެ މެޝިނު ތެރޭގައި ތިބިކަން އެނގުނީ އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާ ބޯޑަރު ސަރަހައްދުން، އެ ގައުމުގެ ފެޑެރަލް ކަސްޓަމްސް އޮތޯރިޓީން އެކްސްރޭ މެދުވެރިކޮށް އެ ކޮންކްރީޓް މެޝިން ސްކޭން ކުރުމުންނެވެ.
އެ މެޝިނުގެ ތެރޭގައި 21 ފިރިހެނުންނާއި އެއް އަންހެނަކު ހިމެނޭ ކަމަށް އެގައުމުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެ އެންމެންނަކީވެސް އޭސިއާއަށް ނިސްބަތްވާ މީހުން ކަމުގައިވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް