އެމެރިކާގެ ފްލޮރިޑާގައި ހުންނަ ފްލޮރިޑާ ހައި ސްކޫލަށް ހަތިޔާރާއެކު މީހަކު ވަދެ 17 މީހަކު މަރާލައިފި އެވެ.
މި މައްސަލައިގާ 19 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހާ އަކީ ކުރިން އެ ސްކޫލުން ވަކިކޮށްފައިވާ ދަރިވަރެއް ކަމުގައި ފުލުހުން ބުނެފައި ވެ އެވެ.
ނިކޮލަސް ކްރޫޒް ނަމަކަށް ކިޔާ އެމީހާ ސްކޫލުން ވަކި ކުރީ ކޮން ސަބަބަކާހުރެކަން ސްކޫލުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ވަނީ ބަޑި ހިފައިގެން ވަދެ ސްކޫލުގެ އެތެރޭން 12 މީހަކު މަރާލާފައެވެ. އަދި ސްކޫލުގެ ބޭރުން ދެމީހަކު އަދި މަގުމަތިން އެކަކު މަރާލާފައިވާއިރު ދެމީހަކު މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލުގައި އެވެ.
މި ހާދިސާ ތަހުގީގު ކުރަމުން އަންނައިރު މިއީ އެމެރިކާގެ ސްކޫލެއްގައި މި އަހަރު މި ފަދަ ހާދިސާއެއް ހިނގި 18ވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް