އަތޮޅުތަކުގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ބީއެމްއެލްއިން އިއުލާނު ކޮށްފި

މިއަހަރުތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށްފައިވަނީ މިއަދު...

15 Feb 2017 | 13:09

މިއަހަރުތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ ސީއެސްއާރު ހަރަކާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިއަދު ދ ކުޑަހުވަދޫގައި ކުރިޔަށް ގެންދިޔަ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބޭންކުން މިއަދު ހާމަކުރި ގޮތުގައި، އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް ފަންޑް ހޯދުމަށް އެއަތޮޅެއްގެ ބޭންކް ބްރާންޗަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށެވެ.

ބީއެމްއެލްއިން ހާމަކުރާގޮތުގައި "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާ އަދި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ޚިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް