ޓޯވކޮށްފައިވާ ސައިކަލެއްގެ ވެރި ފަރާތް ހޯދަނީ

މަގުމަތީގައި ގިނަ ދުވަސްތަކެއްވަންދެން ޕާކްކޮށްފައި ހުރުމުގެ ސަބަބުން ޓޯވކޮށްފައިވާ ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. ރަޖިސްޓްރީ ނަމްބަރު AA0B P6178 (އިންޖީނު ނަން...

15 Feb 2017 | 12:00

މަގުމަތީގައި ގިނަ ދުވަސްތަކެއްވަންދެން ޕާކްކޮށްފައި ހުރުމުގެ ސަބަބުން ޓޯވކޮށްފައިވާ ސައިކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ރަޖިސްޓްރީ ނަމްބަރު AA0B P6178 (އިންޖީނު ނަންބަރު: NF125MDE-5003823 ) ގެ މި ސައިކަލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ޓޯވކޮށްފައިވާ ސައިކަލެކެވެ.

ވީމާ، ރަޖިސްޓްރީ ނަމްބަރު AA0B P6178  (އިންޖީނު ނަންބަރު: NF125MDE-5003823 ) ގެ ސައިކަލުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ސައިކަލުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން އެދިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް