ސީއެސްސީގެ މެންބަރު ކަމަށް ޝަހީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. މިއަދުގެ ޖަލްސާގައި ޝަހީރަށް ރުހުންދޭން ފާސްވެފައިވަނީ 49 މެން...

15 Feb 2017 | 09:34

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދުގެ ޖަލްސާގައި ޝަހީރަށް ރުހުންދޭން ފާސްވެފައިވަނީ 49 މެންބަރުންގެ ތާއީދާއި އެކު ކަމަށެވެ. ރުހުން ދޭން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.

ޝަހީގަކީ އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްއަސާތަކާއި ބެހޭ ކޮމިޓީން އިންޓަވިއު ކުރި އިރު އެންމެ ގިނަ ޕޮއިންޓް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ.

ޝަހީގަށް 75 ޕޮއިންޓް ލިބިވަޑައިގެންނެވި ކަމަށް އެ ކޮމިޓިން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވެ އެވެ. ދެން ކުރިމަތި ލެއްވި ބޭފުޅުންނަށް 69 ޕޮއިންޓަސްވުރެ މަތިން ލިބިފައެއް ނުވެ އެވެ.

ސީއެސްސީގެ މެންބަރު ކަމުގެ މަގާމެއް ހުސްވީ ކުރިން އެ ކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި ޖަމީލާ އަލީ ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް