އުދަ އަރަމުން ދާތީ ސަމާލުވުމަށް ޑިޒާސްޓާ އިން އިލްތިމާސްކޮށްފި

މިހާރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް އުދަ އަރަމުންދާތީ ސަލާމަތީ ގޮތުން ރައްކާތެރިވެ ތިބުމަށް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން އިލްތިމާސްކޮށްފި އެވެ. މެޓް އޮފީހުން ބުނެފަިއވަނީ އުދަ އަރާނެ ކަމަށް...

15 Feb 2017 | 09:06

މިހާރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް އުދަ އަރަމުންދާތީ ސަލާމަތީ ގޮތުން ރައްކާތެރިވެ ތިބުމަށް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނެފަިއވަނީ އުދަ އަރާނެ ކަމަށް ބެލެވެނީ އުތުރާއި މެދު ރާއްޖެރެ އަށެވެ.

ޑިޒާސްޓާ އިން ބުނީ މިހާރު ރާއްޖޭގެ ސަރަހައްދު ތަކުގައި އުސްބާނިތަކެއް އުފެދިފައިވާތީ ވައިގަދަވާ ވަގުތުތަކުގައި އުދަ އަރާފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކަމަށް ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ މިއީ ސުނާމީ އެއް ނުވަތަ ތޫފާނަކާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.

މިފަދަ ހާދިސާއެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައިވާ ނަމަ ގެއަށް ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަ ނުދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގެއަށް ލޮނުގަނޑު ވަންނަކަމުގައިވާ ނަމަ ހިފާގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުމާއި އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެ ފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށް ބަނދެ ހައްޔަރު ކުރަން ވަނީ އެދިފަ އެވެ.

ވައިގަދަވެ ލިބޭ ގެއްލުމެއްގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ނަންބަރު 115 އަށް ގުޅުމަށް އެ ސެންޓަރުން އެދެ އެވެ.

މިދިޔަ އަހަރު އުދަ އެރުމުގެ ސަބަބުން މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްރަށަށް ވަނީ ގެއްލުން ވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް