މާލެ އަތޮޅު އަކިރިފުށި ފަރަށް ކޮޅުވެއްޓިއެއް އެރުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. ފަރަށް އަރާފައިވަނީ ބ.އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ބ.ހިރުނދު ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "އަނގިރި - 15" ނަމަކަށްކިޔާ ކޮޅުވެއްޓި އެއްކަމުގައި ސިފައިން ބުނެ އެވެ..
އެމްއެންޑީއެފުން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 02:00 ހާއިރު މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން ވަނީ ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
"އަނގިރި ޖޮއިންޓް ވެންޗާ ކުންފުނީގެ މި ކޮޅުވެއްޓި ފަރަށް އެރިއިރު އޭގައި ތިބީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ" އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާގައި ކޮޅުވެއްޓިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، މި ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތުގައި އުޅަނދު ވެރިފަރާތަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ޙަރަކާތްތެރިވަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް