ޕޯޓު ކޮންޖެޝަން ފީ ނެގުން ހުއްޓާލަން އަންގައިފި

ވިޔަފާރިވެރިން ރާއްޖެއަށް ގެންނަ މުދާ މާލޭ ވިޔަފާރި ބަނދަރުގައި ކްލިއާ ނުކުރެވި ގިނަ ދުވަހު ހުންނަން ޖެހެމުން ޝިޕިންގް ކުންފުނިތަކުން ނަގަމުން ދިޔަ ޕޯޓު ކޮންޛެޝަން ފީ ނެގުން ހުއްޓާލަން މޯލްޑިވްސް ޕޯޓް...

15 Feb 2017 | 07:17

ވިޔަފާރިވެރިން ރާއްޖެއަށް ގެންނަ މުދާ މާލޭ ވިޔަފާރި ބަނދަރުގައި ކްލިއާ ނުކުރެވި ގިނަ ދުވަހު ހުންނަން ޖެހެމުން ޝިޕިންގް ކުންފުނިތަކުން ނަގަމުން ދިޔަ ޕޯޓު ކޮންޛެޝަން ފީ ނެގުން ހުއްޓާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގޮވާލައިފި އެވެ.

އެމްޕީއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަލުއިކޮށްފައިވާ އިރު، އެކަމުގެ ސަބަބުން އަމިއްލަ ޝިޕިންގް ލައިންތަކުގެ އޮޕަރޭޝަނަލް ހަރަދު ކުޑަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ކޮންޖެޝަން ޗާޖު ފަދަ ފީތައް ނެގުމުގެ ބޭނުމެއް ނެތްކަމަށެވެ..

އެމްޕީއެލްއިން ބުނީ، ވިޔަފާރި ބަނދަރަށް މުދާ ގެންނަ ފަރާތްތަކުގެ އަތުން ޕޯޓް ޗާޖަސް އާއި ޓާމިނަލް ހެންޑްލިންގް ފީ އަދި މުދަލުގެ ފީ ނެގުމަށްފަހު ވެސް، އިތުރު އެހެނިހެން ފީތަކެއް ނަގާކަމުގެ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. މީގެ ތެރެއިން ބައެއް ޗާޖުތައް ނަގަނީ އެމްޕީއެލްއިން ނަގާ ޗާޖުތަކެއް ކަމުގައި ތަސައްވަރު ކުރެވޭ ނަން ނަމުގައި ކަމަށް ބުނެ، އެމްޕީއެލްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޕީއެލްއިން ބުނީ އެކި ނަން ނަމުގައި ޝިޕިންގް އޭޖެންޓުން އެކި ކަހަލަ ފީތަކާއި ޗާޖުތައް ނެގުމަކީ އާންމު ރައްޔިތުންނާ ހަމައަށް ފޯރާ މުދަލުގެ އަގު ބޮޑުވާނެ ކަމެއް ކަމަށެވެ.

ކުންފުނިތަކުން ޕޯޓު ކޮންޖެޝަން ފީ ނަގަން ފެށީ މިދިޔަ އަހަރު އެމްޕީއެލްއިން މުދާ ބާލަން ގެންގުޅޭ ސާމާނުތައް ހަލާކުވެ އެ ސަރަހައްދު ތޮއްޖެހި މުދާ ނެރެވުން ލަސްވުމުންނެވެ. އެކަމަކު މުދާ ބާލާ އާ ސާމާނު ގެނެސް މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް