ޑިސްކައުންޓު ތަކަކާއި އެކު ރޯދަ މަހުގެ ފަހު 15 ގެ އުމްރާ ދަތުރަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހުގެ ފަހު 15 ގައި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މިއަހަރު އުމްރާއަށް ގެންދަން ނިންމާފައިވަނީ 39،965 ރުފިޔާ އެ...

15 Feb 2017 | 06:42

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހުގެ ފަހު 15 ގައި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރު އުމްރާއަށް ގެންދަން ނިންމާފައިވަނީ 39،965 ރުފިޔާ އެވެ.

ހައްޖަު ކޯޕަރޭޝަނުން ބުނީ ރޯދަ މަހު ފަހު 15 ގައި އުމްރާއަށް ދާން ހަތަރު މީހުންގެ ގްރޫޕަކުން ފައިސާ ދައްކައިފި ނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ލިބެނޭ ކަމަށެވެ. 10 މީހުންގެ ގްރޫޕެއް ނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓާއި އެކު 11 މީހާއަށް 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ  ކަމަށެވެ.

އުމުރުން ދެ އަހަރުގެ ކުއްޖެއް ނަމަ ނަގާނީ ހަމަ އެކަނި 300 ޑޮލަރު ކަމަށާއި ދެ އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 5000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެ އުމްރާ ދަތުރަށް ރަޖިސްޓްރީ ކުރުމާއި، ފައިސާދެއްކުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެންމެ ފަހުގެ ތާރީހަކީ އަންނަ މާޗު މަހުގެ 31 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް