ކުޑަކުދިން ހުން އައިސް ރޯގާ ޖެހޭނަމަ ބެލެނިވެރިން ވަރަށް ހާސްވާނެ އެވެ. ބޭސްދީގެން އެއް ދުވަހުން ރަނގަޅު ނުވެއްޖެ ނަމަ ޑޮކްޓަރަށް ދައްކަން ގެންދާނެ އެވެ.
ބައެއް ބެލެނިވެރިން ގަބޫލު ކުރާގޮތުގައި ކުދިންނަށް އެހާ ފަސޭހައިން ބަލި ޖެހެނީ އުޅޭ މާހައުލުގެ ސަބަބުން ނުވަތަ ފިނިވެގެންނެވެ. އެކަމަކު ހަގީގަތުގައި ކުޑަކުދިން އާންމުކޮށް ހުން އައިސް ރޯގާ ޖެހުމަކީ އެހާ ހާސްވެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.
އޭޝިއާގެ ގައުމުތަކުގައ ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރްފްލްސް މެޑިކަލްގެ ޑެޕިއުޓީ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. މިޝައިލް ބުނީ ސިއްހަތު ރަނގަޅު ކުދިންނަކީ އަހަރަކު އެވަރެޖްކޮށް ހަ ފަހަރު ނުވަތަ އަށް ފަހަރު ހުން އަންނަ ކުދިން ކަމަށެވެ. ކުޑަކުދިން ޑރ މިޝައިލް މާނަ ކޮށްފައިވަނީ އެންމެ ކުޑައިރުން ފެށިގެން ޕްރީ ސްކޫލް ކުދިންވެސް ހިމެނޭ ގޮތަށެވެ.
ބައެއް ދިރާސާ ތަކާއި ހަވާލާ ދީ އޭނާ ބުނެފައިވަނީ އުމުރުން ދެ މަހުން ދަށުގެ ކުދިން އަހަރަކު 12 ފަހަރު ހުން އައިސް ރޯގާ ޖެހިދާނެ ކަމަށެވެ. އެކަމަކު އެއީ މައްސަލައެއް ނޫން ކަމަށާއި އޭގެ މާނަ އަކީ ކުއްޖާގެ ދިފާއީ ނިޒާމު ބަލިކަށީ ނޫން ކަމަށެވެ.
ކުޑަކުދިންނަށް އެހާ އަވަސް އަވަހަށް ރޯގާޖެހި ހުން އަންނަނީ ޖަރާސީމާއި އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރި ކޮށްދޭ ދިފާއީ ނިޒާމު ޅަ ކަމުންނެވެ. ކުދިން ބޮޑުވަމުން އަންނަ ވަރަށް އެކަން ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.
އަދި އާންމުކޮށް ކުޑަކުދިން ހުން އައިސް ރޯގާ ޖެހިފައި ހުންނާނީ ހަތް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ކަމަށާއި އޭގެ ފަހުން އަމިއްލައަށް ބަލި ރަނގަޅުވާން ފަށާނެ ކަމަށެވެ. އެކަމަކު ދިރިއުޅޭ މާހައުލުގައި ހުމެއް ނުވަތަ ރޯގާއެއް ފެރުރިގެން އުޅޭ ދުވަސްވަރެއްގައި މީގެން އަލާމަތެއް ފެންނަ ނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަން ވާނެ ކަމަށް ބުނެ އެވެ.
ކަންފަތުގައި ރިއްސުން
އުމުރުން ދެ މަހަށްވުރެ ދަށުގެ ކުދިން ހުން އަންނަ ނަމަ
ތާމޯމީޓާއިން ހުން ހުރިވަރު ބެލުމަށް ފަހު 38.9 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިވުން
ނޭވާލާން އުނދަގޫ ވުން
ދަރިފުޅު ނޫފައި ގަތުން
ނެގިމަޑުވެ ނުނިދާ އުޅުން ނުވަތަ ގާތުން ނުބުއިން
ޑރ މިޝައިލް ބުނީ އާންމުކޮށް ހުން އައިސް ރޯގާ ޖެހހިގެން ކުޑަކުދިންނަށް ދޭ ބޭހުން މާބޮޑު އަސަރެއް ކުދިންގެ ހަށިގަނޑަށް ނުކުރާނެ ކަމަށެވެ. ހަމައެކަނި ބޭހުން ރަނގަޅުވާނީ ހުސް އައިސް ރޯގާ ޖެހިގެން ހަށިގަނޑުގެ ތެރޭގައ އިންފެކްޝަނެއް ނުވަތަ ބެކްޓީރިއާއެއް އުފެދިފައިވާ ނަމަ ކަމަށެވެ.
ބަލި ތަކުން ކުދިން ސަލާމަތް ކުރުމުން ގާތުން ކިރު ދިނުމަކީ މުހިންމު ކަމެކެވެ. އެއީ ގާތުން ދިނުމުން ކުދަކުދިންގެ ހަށިގަނޑަށް ވަންނަ ވައިރަސްތަކާއި އުފެދޭ އިންފެކްޝަންތައް ނައްތާލަ އެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަވާލެއް އަވަހެވެ.
އާންމުކޮށް ހުން އައިސް ރޯގާ ޖެހޭ ކުދިންނަށް ގިނައިން ދިޔާ އެއްޗެހި ދިނުމަށް ފަހު އަރާމު ކުރުވުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް