N/A
ހުޅުމާލޭ ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި
ފައިބަރުގެ މަސައްކަތް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
އިން އަންގައިފިއެވެ.
އެ ކޯޕަރޭޝަނުން މި އެންގުން އަންގާފައިވަނީ މިއަދު
ކޮށްފައިވާ އިޢުލާނެއްގައެވެ.
އެ އިޢުލާނުގައި ބުނެފައިވަނީ ހުޅުމާލޭގެ
ފަޅުތެރޭގައި އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ
ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާކަމަށާއި އެއީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ
އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ، ހުޅުމާލޭ
ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއްކަމުގައި
ދަންނަވާކަމަށެވެ.
ވީމާ ހުޅުމާލޭގެ ފަޅުތެރޭގައި މިފަދަ މަސައްކަތް
ކުރަމުންދާނަމަ އެފަރާތްތަކުން 18 ޖަނަވަރީ ވާ އާދީއްތަ ދުވަހުގެ 00:00ގެ ކުރިން
މަސައްކަތް ހުއްޓާލުމަށް، ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ
ސަރަހައްދަކަށް ބަދަލުކުރުމަށް އަންގާ އިޢުލާނު ކުރަމު، އަދި ދެންނެވުނު
މުއްދަތުގެ ކުރިން މަސައްކަތް ހުއްޓާލާފައި ނުވާނަމަ، މެރިން ޕޮލިސް އާއި
ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ
މަސައްކަތް މި ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން"
އެޗްޑީސީއިން ބުނެފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި
ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުމަށް މި ފުރުސަތުގައި
ޝުކުރު ދަންނަވާކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް