ސައިކަލު ބާވެ ނުދުއްވޭވަރު ވުމުން ނުވަތަ އެހެން ސަބަބަކާ ހުރެނަމަވެސް އާ ސައިކަލަކަށް ބަދަލުކޮށްލަން ބޭނުންވުމުން އެކަން ކުރުމަކީ އެހާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ. ފުރަތަމަ ޖެހެނީ ސައިކަލު ވިއްކާލާށެ. އެކަމަކީވެސް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަކަށް އޮންނަނީ ވެފައެވެ.
މި ފެށުނު 2020 އަހަރާއެކު ލިޓަސް އިން މިވަނީ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ދައްކާފައެވެ. އެއީ ބާ ސައިކަލެއް ހުރި ނަމަ އާ ސައިކަލެއް ބައްލަވައިގަންނައިރު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މި ޕްރޮމޯޝަން މިހާރު ފެށިގެން ކުރިއަށްދާއިރު ސައިކަލު ބާ ވި ވަރަކަށް މި ޕްރޮމޯޝަންގައި ލިބޭ ޑިސްކައުންޓް ބޮޑެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެ ލިޓަސްއިން އާ ސައިކަލެއް ބައްލަވައިގަންނަން ބޭނުންފުޅުނަމަ ބާ ސައިކަލުގެ ރަޖިސްޓްރޯ ބޯޑުގެ ފޮޓޯއެއް ލިޓަސްގެ މޯބައިލް ނަމްބަރަށް ފޮނުވާލެވިދާނެ ކަމަށާއި އަދި ކައުންޓަރަށް އައިސް ފޮޓޯ ދައްކާލައިގެންވެސް މި ޕްރޮމޯޝަންގައި ބައިވެރިވެލެއްވޭނެ ކަމުގައި އާސިފް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވާއިރު ބާ ސައިކަލަކީ ކޮންމެހެން ލިޓަސް އިން ގަނެފައިވާ ސައިކަލަކަށް ވާން ނުޖެހޭ ކަމުގައިވެސް އާސިފް ވިދާޅުވިއެވެ. ލިޓަސްގެ މޯބައިލް ނަމްބަރަކީ 7797442 އެވެ.
އަލުން ބަލުން މިނަމުގައި ލިޓަސްގެ މި ޕްރޮމޯޝަން ކުރިއަށްގެންދަނީ މި ހިނގާ ޖަނަވަރީ މަހުގެ 31ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް