އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ބައެއް ހިދުމަތްތައް ދޭން ފަށައިފި

އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ. ސަރުކާރުން ނިންމާފައިވަނީ މި ހޮސްޕިޓަލުގެ ހިދުމަތް ދޭންް ފެށުމުން ހިތަދ...

15 Jan 2020 | 06:48

އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

ސަރުކާރުން ނިންމާފައިވަނީ މި ހޮސްޕިޓަލުގެ ހިދުމަތް ދޭންް ފެށުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އޭއައިއެޗްގައި11 ހިދުމަތެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އާންމު ބަލިތައް، ދަތުގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ލޮލުގެ ބަލިތަކާއި އެތެރެ ހަށީގެ ބަލިތަކަށް ފަރުވާދޭނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައިވެ.

އާންމު ބަލިތަކަށް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފަރުވާދޭނީ އޭއީއެޗްގަ އެވެ. އަދި ހަވީރު4:00 ން ރޭގަނޑު10:00 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އާންމު ބަލިތަކަށް ފަރުވާ ދޭނެ އެވެ.

އޭއައިއެޗްގައި ބައެއް ހިދުމަތްތައް ދޭން ފަށާފައި މިވަނީ އެ ހޮސްޕިޓަލް ހުޅުވަން ކަނޑައެޅި އެތައް ތާރީހެއް ދިޔަފަހުންނެވެ. މައުލޫމާތު ލިބޭގޮތުގައި އަދިވެސް ހޮސްޕިޓަލްގެ ބައެއް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅަމުންދާ ހޮސްޕިޓަލެކެވެ. މިއީ100 އެނދުގެ ހޮސްޕިޓަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް