މި އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް ލިބުނީ 87.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސުން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ ހަފުތާގައި ދައުލަތަށް 87.8 މިލިއަން ރުފިޔާ ލިބިފައިވާއިރު 219.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ރިޕޯޓުން ދައްކާގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. އެގޮތުން، ހިންގުމުގެ ހަރަދުގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މުސާރަ އާއި ޕެންޝަނަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަފުތާތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 54.2 މިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބުނެވެ އަދި ހަރަދު ކޮށްފައިވަނީ 81.4 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް