މުލަކުން މަރުވިމީހާގެ ސިކުނޑީގެ އުނިކަމެއް ހުރި

މ. މުލަކުގެ ވަޑާން ގެއެއްގެ ތެރޭ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ވަރަށް ފަހުން ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ސިކުނޑީގެ އުނިކަމެއް ދިމާވެފައިވާ މީހެއް ކަމަށް މުލަކު ކައުންސިލ...

15 Jan 2020 | 05:12

މ. މުލަކުގެ ވަޑާން ގެއެއްގެ ތެރޭ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ވަރަށް ފަހުން ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ސިކުނޑީގެ އުނިކަމެއް ދިމާވެފައިވާ މީހެއް ކަމަށް މުލަކު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު އާދަމް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އާދަމް ވިދާޅުވީ މަރުވި ވަޑިއަކީ އެރަށުގެ އިޖުތިމާއީ ހުރިހާ ކަމެއްގައި ހިލޭ ސާބަހަށް ވެސް މަސައްކަތް ކޮށްދެމުން އައި މީހެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަޑާންގެއަކީ އޭނާ މަސައްކަތް ކުރަންދާ ވަޑާންގެއެއް ކަމަށެވެ.

އާއިލާއިން އޭނާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރޭގަނޑު ދަންވަރި އެއްވެސް ވަރަކަށް އޭނާ ބޭރަށް ގޮސް ނޫޅޭ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު އެރަށު ލިލީމާގޭ، އުމުރުން 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާއަކީ ވަޑިއެކެވެ.

މަރުވި މީހާގެ ކޮނޑުން ފެށިގެން ބަނޑާ ހަމަޔަށް ވަރަށް ބޮޑަށް ކަފައިގެން ގޮސް ހުއްޓެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް