ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އިސްކޮށް ހުންނަވައި ގެނައި އެމްޑީޕީ ކޯލިޝަންގެ ވެރިކަމުގައި ހިމެނޭ ޕާޓީތަކުގެ ވެރިންގެ އެއްވެސް ބާރެތް ނެތް ކަމަށް ވިދާޅުވެ ނުސީދާކޮށް ޕާޓީތަކުގެ ވެރިންނަށް އޭނާ ފާޑުވިދާޅުވެއްޖެ އެވެ.
ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ވެރިން ތިއްބެވި ޕޮޓޯއެއް ޓުވީޓު ކުރައްވާ ޑރ ޖަމީލް ވިދާޅުވެފައިވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ވެރިން ތިއްބެވީ ހިޔާލީ ދުނިޔެއެއްގައި ކަމަށެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަދި އެމްއާރުއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުންނެވި އެފޮޓޯއަށް ވިދާޅުވެފައިވަނީ ޕާޓީތަކުގެ ވެރިން ތިއްބެވީ ސިޔާސީ ބާރުވެރިކަމުން މަހުރޫމުވެފައި ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ކޯލިޝަނާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ވާހަކަފުޅެއް ނުދައްކަވާ ކަމަށެވެ. އެގޮތުން މަޖިލީސް އިންތިހާބުގައިވެސް ކޯލިޝަން ނެތް ކަމަށާއި ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށްވެސް ކޯލިޝަން އެކުގައި ނިކުމެވެން ނެތް ކަމަށެވެ.
https://twitter.com/MJameelAhmed/status/1217286100609187842
ޑރ. މިހެން ވިދާޅުވެފައި މިވަނީ ލާމަރުކަޒީ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް ދަންނަ ނިޒާމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް