ތިން އިންތިހާބު ބާއްވަންވީ އެއް ދުވަހެއްގައި: ރައީސް

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީސް އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވ...

15 Jan 2020 | 04:28

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީސް އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

ކެންޕެއިން ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެއް ދުވަހެއްގެ އެއް ވަގުތެއްގައި ތިން އިންތިހާބު ބޭއްވިއްޖެނަމަ ތަރައްގީއަށް ކުރާ މަސައްކަތަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ބައެއް ރައްޔިތުން ސަރުކާރުން ކުރާ ބައެއް މަސައްކަތްތައް ލަސްވެގެން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ. ބައެއް ކަންކަން ކުޑަކޮށް ލަސްވެފައި ހުރެދާނެ ކަމަށާ އެއީ ސަބަބުތަކެއް މެދުވެރިވެގެން ދިމާވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލުމާއެކު ހައެއްކަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރިމަތިވާ ކަމަށެވެ.

އަދި އެ އިންތިހާބު ނިމި ދިހަވަރަކަށް މަސް ފަހުން ކައުންސިލް އިންތިހާބު ކުރިމަތިވާއިރު، ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެންމެ މުހިންމު އިންތިހާބު ކަަމަށެވެ.

އެމްޑީޕީ ނޫން ބަޔަކަށް ކައުންސިލްތައް ދީފިނަމަ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް