ޕްރިޔަންކާގެ ދެވަނަ އިނގިރޭސި ޑްރާމާ ސީރީޒް ރިޗަޑް މެޑެން އާއި އެކު!

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދެވަނަ އިނގިރޭސި ޑްރާމާ ސިލްސިލާއެއް ކުޅެން ސޮއި ކޮށްފި އެވެ. އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވާ ގޮތުގައި މި ސިލްސިލާގައި އޭނާ އާއި އެކު ފެނިގެންދާނީ ...

15 Jan 2020 | 04:16

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދެވަނަ އިނގިރޭސި ޑްރާމާ ސިލްސިލާއެއް ކުޅެން ސޮއި ކޮށްފި އެވެ.

އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވާ ގޮތުގައި މި ސިލްސިލާގައި އޭނާ އާއި އެކު ފެނިގެންދާނީ ގޭމް އޮފް ތްރޯންސްގެ ބަތަލް ރިޗަޑް މެޑެން އެވެ. ޕްރިޔަންކާ ވަނީ ރިޗަޑް އާއި އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށް ބުނެފައި އެވެ.

އެމޭޒޮން ސްޓޫޑިއޯ އާއި އެގްބޯފިލްމްސް އިން އުފައްދާ މި ސިލްސިލާގެ ނަމަކީ "ސިޓަޑެލް" އެވެ. "ސިޓަޑެލް" ގެ ވާހަކަ އާއި ގުޅޭ މާބޮޑު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ސިލްސިލާ އަކީ ގޯބަލް ފްރެންޗައިޒެކެވެ. އެގޮތުން މެކްސިކޯ، އިންޑިއާ އަދި އިޓަލީގެ ފިލްމު ކުންފުނިތަކުން މި ސިލްސިލާ އުފެއްދުމުގައި ބައިވެރިވާނެ އެވެ.

ޕްރިޔަންކާގެ އިނގިރޭސި ފުރަތަމަ ސީރީޒް އަކީ "ކުއަންޓިކޯ" އެވެ. އެ ޑްރާމާ ސިލްސިލާއިން ހޯދި ބޮޑު ކާމިޔާބީ އަށް ފަހު އޭނާ ވަނީ އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްް އާއި ކައިވެނިކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް