ޝާހީ އާއިލާއާއި ވަކިވަނީ މޭގަންއަށް ދިމާވަމުންދާ ގޮތް ނޭނގޭ ކަންތައްތަކަކާއި ގުޅިގެން!

ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައި ގަންނަވާކަން މިދިޔަ ހަފްތާގައި އިއުލާންކުރެއްވި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އެ ގައުމު ދޫކުރައްވަން ނިންމެވީ މޭގަންއަށް ދިމާވަމު...

15 Jan 2020 | 04:15

ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައި ގަންނަވާކަން މިދިޔަ ހަފްތާގައި އިއުލާންކުރެއްވި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އެ ގައުމު ދޫކުރައްވަން ނިންމެވީ މޭގަންއަށް ދިމާވަމުންދާ އާދަޔާ ހިލާފު ކަންތައްތަކަކާއި ހެދި ކަމަށް މޭގަންގެ ގާތް ރަހުމަތްތެރި އަކު ބުނެފި އެވެ.

މޭގަންގެ ރަހުމަތްތެރިޔާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެން ދުވަހަކުވެސް އިނގިރޭސިވިލާތުގައި ދާއިމީކޮށް ދިރިއުޅުމުގެ ވިސްނުން މޭގަން ނުގެންގުޅެ އެވެ. އެކަމަކު އާއިލާ އާއި ބައްދަލު ކުރެއްވުމަށް ޒިޔާރަތް ކުރާނެ ކަމަށްވެ އެވެ.

އޭނާ ބުނީ މޭގަން އިނގިރޭސިވިލާތުގައި ނޫޅެން ނިންމީ ހިތްބިރު ގަނެ ރަނގަޅަށް ނުނިދޭތާ ދުވަސްތަކެއް ވީފަހުންނެވެ. މޭގަންގެ އެކުވެރިޔާ ބުނެފައިވާ ގޮތުގައި އެފަދަ މާހައުލެއްގައި އެ ދެމަފިރިންގެ ދަރިފުޅު، ޕްރިންސް އާޗީ ބޮޑު ކުރާކަށް މޭގަން ބޭނުމެއް ނުވެ އެވެ.

އެކަމަކު މޭގަން އަށް އެފަދަ ގޮތްތަކެއް މެދުވެރިވާން ދިމާވި ސަބަބެއް ނުބުނެ އެވެ.

އޭނާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް ހެރީ އާއި މޭގަން ދިރިއުޅުން ބަދަލު ކުރަން ނިންމާފައިވަނީ ކެނެޑާއަށެވެ. އަދި އެ ގައުމުން ދާއިމީ ހިޔާވަހިކަން ހޯދުމަށް ވަރަށް އަވަހަށް ދެމަފިރިން މަސައްކަތް ފަށާނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް ހެރީގެ ދެކަނބަލުން ދިރިއުޅެން ނިންމާފައިވަނީ މޭގަންގެ އުފަން ގައުމު އެމެރިކާގައި އެވެ. އެކަމަކު ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމީހުންގެ ދިރިއުޅުން އެގައުމަށް ބަދަލު ނުކުރާނެ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް ހެރީގެ ދެކަނބަލުންގެ ކުންލި މި ނިންމުން ނިންމާފައިވަނީ ބޭބޭފުޅު ޕްރިންސް ވިލިއަމް އާއި ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި ވަނިކޮށެވެ. ޕްރިންސް ހެރީގެ މި ނިންމުމާއި ގުޅިގެން ޝާހީ އާއިލާގެ ކުއްލި ބައްދަލުވުމެއް މި ހަފްތާ ތެރޭގައި ބާއްވާފައިވާއިރު، މާމާފުޅު ކުއީން އެލިޒަބަތް ދޭއް އެ ބައްދަލުވުމަށް ފަހު ވިދާޅުވެފައިވަނީ ހެރީގެ މިނިވަންކަމާއި އެ ނިންމުމަށް ހުރަސް ނާޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް