ހިމަބިހި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކޮންބަޔަކަށް!

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާ ކަން ހެލްތް މިނިސްޓްރީން އިއުލާނުކޮށް އެބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދަނީ އޮޅުން ފިލުވައި ދެމުންނެވެ. މިފަދަ ދަނޑިވަޅެއްގައ...

15 Jan 2020 | 03:45

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާ ކަން ހެލްތް މިނިސްޓްރީން އިއުލާނުކޮށް އެބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދަނީ އޮޅުން ފިލުވައި ދެމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި މި ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ހިމަބިއްސަށް ދެވޭ ވެކްސިންގެ ދެ ޑޯޒު ހަމަ ކުރުމެވެ. އެ ވެކްސިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ޖަހައި ދިނުމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުން ނެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ބަލީގެ ބޮޑެތި އަލާމާތްތައް އައުމުގެ ފުރުސަތު އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުން އަދި ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އަދި މި ބަލި ޖެހޭ ކޮންމެ ހަތަރު މީހަކުން އެކަކު ސީރިއަސް ހާލަތަކަށް ދާ ކަމަށް ވިދާޅުވެ އެވެ.

އެހެންވެ ރައްކާތެރިވުމުގެ ގޮތުން ހުރިހާ އެންމެންވެސް ހިމަބިއްސަށް ދެވޭ ވެކްސިން ދެ ޑޯޒް ޖެހުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި އެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން ވެކްސިން ޖަހަން އަންގާފައިވަނީ ވެކްސިން ދެ ޑޯޒު ހަމަ ނުކުރާ18 އަހަރުން ދަށުގެ ކުދިންނާއި މިހާތަނަށް ހިމަބިހި ޖެހިގެން ފަރުވާ ހޯދި މީހުން ދިރިއުޅޭ ގެތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އިތުރުން އެ ބައްޔަށް ފަރުވާ ހޯދި މީހުންނާއި ކުދިން ދިޔަ ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިން ޑޯޒް ހަމަ ނުކުރާ މީހުންނެވެ.

ހިމަބިހި ޖެހުމުން ހުމާއި އެކު ބިހިތަކެއް މުޅި ގައިގަ ނަގައެވެ. އަދި ރޯގާ ޖެހި ކެއްސުމުގެ އިތުރުން ލޯރަތްވެ ލޮލުން ފެން އާދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް