ކީ ސްޓޭޖް ހަތަރެއްގެ މުދައްރިސުން ތަމްރީންކުރުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ކީ ސްޓޭޖް ހަތަރަކަށް މުދައްރިސުން ތަމްރީންކުރުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މިއަހަރު ގްރޭޑް 9 އަކަށް އައު މަންޙަޖަށް ކިޔަވައިދޭން ފަށާފައިވާއިރު ގްރޭޑް 10 އަކަށް އައު މަންޙަޖަށް ...

15 Jan 2019 | 09:36

ކީ ސްޓޭޖް ހަތަރަކަށް މުދައްރިސުން ތަމްރީންކުރުމަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މިއަހަރު ގްރޭޑް 9 އަކަށް އައު މަންޙަޖަށް ކިޔަވައިދޭން ފަށާފައިވާއިރު ގްރޭޑް 10 އަކަށް އައު މަންޙަޖަށް ކިޔަވައިދޭން ފަށާނީ އަންނަ އަހަރުއެވެ. ކީސްޓޭޖް 4 އަށް ޓީޗަރުން ތަމްރީން ކުރުމަށް ފެށި މި ވޯރކްޝޮޕްގައި ރާއްޖޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ މުދައްރިސު ބައިވެރިވެއެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ފެށި މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ، މިފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކޮންމެ މުދައްރިސަކުވެސް މަސައްކަތް ކުރަންޖެހޭކަމަށާއި، އަދި ވޯރކްޝޮޕުން ދަސްވި ކަންކަން ދަރިވަރުންނަށް ފުރިހަމައަށް އުންގަންނައިދިނުމާއި، ވޯކްޝޮޕުން ތަމްރީނުވާ މުދައްރިސުން، އެހެން މުދައްރިސުން އައު މަންޙަޖަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ވޯކުޝޮޕުގެ މަގުސަދަކީ އައު ކީ ސްޓޭޖަށް ޓީޗަރުން އަހުލުވެރިކުރުވުމާއި، ކިޔެވުމުގެ ނިޒާމަށް އަންނަ ބަދަލުތަކާއި، މި ބަދަލުތަކާއެކު ދަރުވަރުންނަށް ކިޔަވައިދޭނެ ގޮތްތަކާ ގުޅޭގޮތުން ޓީޗަރުންނަށް މައުލޫމާތު ދިނުން ކަމަށާއި، މި ވޯރކްޝޮޕް ކުރިއަށްގެންދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ޔުނިސެފް އަދި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް ގުޅިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް