ހެލްތް މިނިސްޓްރީ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައި މަދަރި ބޭސް ލީކުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި، މަދިރި ބޭސް ލީކުވެފައިވަނީ ރޯޝަނީ ބިލްޑިންގްގެ ވައިގޮޅީގައެވެ. މައުލޫމާތު ލިބޭގޮތުގައި ލީކްވެފައިވަނީ މަދިރި ބޭސް އެއްފުޅިއެވެ. ލީކްވެފައިވަނީ މެލަތިއަން ނަމަކަށް ކިޔާ މަދިރި ބޭހެކެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި އެހާދިސާ ރިޕޯޓް ކުރެވުމާއި އެކީ ވަގުތުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ މަދިރި ބޭސް ލީކުވެގެން އުޅޭ ސަރަހައްދަށް ގޮސްފައެވެ. އަދި ފަޔަރ އެންޑް ރެސްކިއު ޓީމުން އެސަރަހައްދަށް ދިޔައިރު، އެ މިނިސްޓްރީގައި މަސައްކަތް ކުރާ ދެ އަންހެން މުވައްޒަފުންވަނީ އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން މިހާރު ވަނީ މަދިރި ބޭސް ލީކު ވުން ކޮންޓްރޯލްކޮށްފައެވެ. މިހާދިސާގައި ލިބުނު ގެއްލުންތަކުގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. ބިލިޑިންގް އިން މީހުން ހުސްކުރަން ޖެހުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، އެމަދިރި ފުޅިތަކަކީ މުއްދަތު ހަމަވެގެން ނައްތާލުމަށް ބަހައްޓާފައިވާ މަދަރި ބޭަސް ފުޅިތަކެއް ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފްގެ ފަޔަރ އެންޑު ރެސްކިއު ޓީމުން ދަނީ އެމަދިރި ބޭސް ފުޅިތައް ނައްތާލުމަށް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް