މަސްތުގެ ހާލަތުގައި ހުރެ އެމްބިއުލޭންސް ދުއްވަނިކޮށް ހުޅުމާލޭ ހޮސްޕިޓަލްގެ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ، މަސްތުގެ ހާލަތުގައި ހުރި މީހަކު ހުޅުމާލޭ ހޮސްޕިޓަލުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އަދި ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އެމީހާ ހިފެހައްޓާފައި ބަލައި ފާސްކުރުމުން މަސްތުވާތަކެތި އެމީހާގެ އަތުން ފެނިފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައި ވަނީ މީގެ ދެ ރޭ ކުރިން ހުޅުމާލެއިން އައިޖީއެމްއެޗަށް ގެންދިޔަ ބަލި މީހަކު އައިޖީއެމްއެޗަށް ގެންދިއުމަށްފަހު އެތަނުން ނިކުންނަން އުޅުމުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް