މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީސީއޯ ޝާހިދު އަލީ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެވޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވިގެން ކަމަށާއި، ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށިގެން ދާނެ ކަމަށެވެ.
އަދި ޖާގައިގެ ދަތި ކަމުގެ ސަބަބުން މުދާ ބާލަން ގިނަ ވަގުތުތަކެއް ހޭދަވާކަމަށާއި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވި ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެ ބަނދަރު ބޭނުންކުރެވެން ފަށާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްގެ ބޮޑު ފަސް އިކުއިޕްމަންޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި، ބަނދަރުގައި ބޭނުން ކުރާ ވަސީލަތްތަކުގެ ސްޕެއާޕާޓްސް ހޯދައި އެ ތަކެތި ބޭނުން ކުރެވޭ ފެންވަރަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް