ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށަ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް، ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ނަގަން، އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދަށް ޖުމްހޫރީ ޕާޓީއިން އަންގައިފިއެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ޕާލަމެންޓު ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި، ލަތީފް އެ ބިލް ހުށަހެޅުއްވެވީ ޖޮއިންޓް ޕާލިއަމަންޓް ގްރޫޕްގައި މަޝްވަރާ ކުރުމެއްނެތި ކަމަށާއި، އަދި އެކަމުގެ ސަބަބުން ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިގެން ދާނެތީ އެބިލް އަނބުރާ ނަގަން ލަތީފަށް ދަންނަވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އެފަދަ އިސްލާހެއް ލަތީފް މަޖިލީހަށް ހުށަހަޅުއްވާފައި ވާއިރު އަންނަ އެޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް ކުރީގެ ރައީސް ޔާމީން އަދި އެކަމަށް ގޮތެއް ނުނިންމާކަން ވަނީ ހާމަކުރައްވާފައެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސުންނާއި މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް