ވިލިމާލޭގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިމާލޭގެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ވިލިމާލޭގައި ހުންނަ އެސްޓ...

15 Jan 2019 | 03:13

ވިލިމާލޭގެ ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ވިލިމާލޭގައި ހުންނަ އެސްޓީއޯ ކައިރީ ހުރި "ސީޝަމް" ނަމަކަށް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ވިލިމާލެ އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ.

"ރިޕޯޓް ލިބިފައިވަނީ 03:11، އަލިފާން ނިއްވާލާފައިވަނީ 03:25" އާޒިމް ވިދާޅުވެފައިވެއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ދަގަނޑު ޓިނުން ހިޔާކޮށްފައިވާ ކުޑަކުޑަ ތަނެއްގައި ކަމަށާއި އެ ގެއަކީ މީހުން ނޫޅޭ ފަޅު ގެއެއް ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް