ނެޓް ފްލިކްސްގެ ބާޑްބޮކްސް ބަލާފައި، މަޝްހޫރު ޓީވީ ތަރި އަދި މޮޑެލް ކްރިސީ ޓައިގަން އަށް ހުވަފެނުން ފެނުނީ ދިވެހިރާއްޖެ ކަމުގައި އޭނާ ބުނެފިއެވެ.
އޭނާ ބުނެފައިވަނީ ނެޓް ފްލިކްސްގެ ބިރުވެރި ފިލްމު ބާޑް ބޮކްސް ބަލާފައި ބިރުން ފިތްކަނޑައިގެން ދާވަރު ކަމަކާ ދިމާވި ކަމަށެވެ. ފެނުނު ހުވަފެނަކީ ހަޔާތުގައިވެސް މިހާތަނަށް ފެނުނު އެންމެ ބިރުވެރި ހުވަފެންކަމަށް ބުނެފައިވެއެވެ.
ކްރިސީ ބުނެފައިވާގޮތުގައި އޭނާ އަށް ފެނުނީ އޭނާގެ ފިރިމީހާ މަރުވުމަށްފަހު، ފިރިމީހާ ދޫންޏަކަށް ބަދަލުވެފައިވަނިކޮށް ކަމަށެވެ. އަދި ކުޑަ ކުޑަ ފޯނަކުން އެ ދޫނި އޭނާއަށް ގުޅި ކަމަށާއި ދެން ފެނުނީ އެ ދޫންޏާއެކު ފްލައިޓްގައި ރާއްޖެ ދިޔަ މަންޒަރު ކަމަށެވެ. ފްލައިޓުގައި ކާންލިބުނީ ބުޅަލުގެ ސިފައިގާ ހުރި ސްޓްރޯބެރީ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ކްރިސީ ކައިވެނި ކޮށްގެން އުޅެނީ ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑާއެވެ. ޖޯން ލެޖެންޑް ކްރިސީއަށް ޕްރޮޕޯސް ކުރީ ރާއްޖޭގައެވެ. އެ ދެމީހުން ކައިވެނި ކުރީ 2013 ގައެވެ. އެ ދެ ތަރިންނަށް ދަރިއަކު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް