ދެ މައްސަލައަކާއި ގުޅިގެން ދެ ޒުވާނަކު ހޯދަން އިއުލާނު ކޮށްފި

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް، ފުލުހުން އިއުލާނު ކޮށްފި އެވެ. މިދެމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ހއ.ހޯރަފު...

15 Jan 2018 | 09:05

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް، ފުލުހުން އިއުލާނު ކޮށްފި އެވެ.

މިދެމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ހއ.ހޯރަފުށި، ކޮތަރިވިލާ، މުޙައްމަދު ސުނާޙް (27އ) އާއި ކ.މާލެ، މ.ވާދީރޯސް، އަހްމަދު ނިޝާން މުޙައްމަދުދީދީ (30އ) އެވެ.

މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް