ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަ...

15 Jan 2018 | 04:35

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެ ބޭންކުން އާންމުކޮށް ހުޅުވާލައިފި އެވެ.

"ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު 15 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުން ފެށިގެން 22 ފެބްރުވަރީ 2018 ވާ ބުރާސްފަތި ދުވަހު 00:16 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެއެވެ" ގެޒެޓުގައި ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި މަޤާމަށް ކުރިމަތި ލެއްވޭނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު 2010/24 (ގެ 15 ވަނަ މާއްދާގެ )ނ( ގައިވާ ގޮތުގެ މަތިން ޢުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ ބޭފުޅުންނަށް ކަމަށާއި އަދި މި ފަރާތްތަކުގެ ކިބައިގައި އެމްއެމްއޭ ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަން 09-2009 ގެ "ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމްކުރާ ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ހިންގާ ޤަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކަކަށް ވާންވާނެކަމުގައިވެސް ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނުގައި ވެ އެވެ.

ގެޒެޓުގައި ކޮށްފައިވާ އިއުލާނު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް