ބޮލީވުޑް ފިލްމީ ދާއިރާއާއި ދުރަށް ދިޔަސް ދާނީ ޝާހްރުކް ޚާން ލައްވާ ފިލްމެއް ކުޅުވާފައި ކަމުގައި ބޮލީވުޑް ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ ޝާހް އާއެކު ފިލްމެއް ހެދުމާއި ދާދި ގާތަށް ދެ ފަހަރަކު ދެވިއްޖެ ކަމަށާއި ނަމަވެސް އަދި އެކަން ކާމިޔާބު ވާގޮތް ނުވާ ކަމަށެވެ.
އަނުރާގް މިހެން ބުނެފައިވާއިރު ބެލެވޭ ގޮތުގައި ޝާހްރުކް ހުރީ އަނޫރާގް ދެކެ ރުޅި އައިސްފައި އެވެ. އެއީ އަނޫރާގް ގެ ފިލްމު "ނޯ ސްމޯކިންގް" ޝާހް އާއެކު ކުޅެން ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށް ފިލްމުގެ ލީޑްރޯލް ޖޯން އަބްރަހަމް އަށް ދިނުމުންނެވެ.
އަނޫރާގް ބުނެފައިވަނީ ޝާހް އޭނާ ދެކެ ރުޅި އަންނަންވީ ސަބަބެއް ނެތް ކަމަށާއި ޝާހް ހިމަނައިގެން ފިލްމެއް އުފެއްދުމަކީ އޭނާ ކުރާނެ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް