ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ހާއްސަ ސަރަހައްދުން އިއްޔެ އަތުލައިގަތް، ސީޝެލްސްގެ މަސްބޯޓު ލ ކައްދޫ ބަނދަރަށް ގެނެސްފި އެވެ.
އެމްއެންޑީއެފުން އިއްޔެ ހާމަކޮށްފައިވާގޮތުގައި މި މަސް ބޯޓު ފެނުނީ ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދުގެ 38 ނޯޓިކަލް މޭލު ހުޅަނގުން ލ ކައްދޫ ބޭރުންނެވެ. މިކަން އެމްއެންޑީއެފަށް ރިޕޯޓުކުރީ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން ކަމުގައި އިއްޔެ އެމްއެންޑީއެފުން ވަނީ ބުނެފައި އެވެ.
މި މަސްބޯޓު ކައްދޫ ބަނދަރަށް ގެންގޮސްފައިވާއިރު، ކައްދޫ ބަނދަރަށް މި ބޯޓު ގެންދިޔައީ ކޮން ވަގުތެއްގައިކަން ޔަގީނެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް