އެމެރިކާގެ ސަރުކާރު މުވައްޒަފުން، ވާވޭ އަދި ޒެޑްޓީއީ ބްރޭންޑްގެ ފޯނު ބޭނުންކުރުން މަނާކުރާ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލު، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވަނީ ޓެކްސާސްގެ ރެޕްރެޒެންޓޭޓިވް މައިކް ކޮނޮވޭ އެވެ. "ޑިފެންޑިންގ ޔޫއެސް ގަވަރމެންޓް ކޮމިއުނިކޭޝަންސް އެކްޓް" ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ފާސްވެއްޖެ ނަމަ އެމެރިކާގެ ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް، އެ ދެ ބްރޭންޑުން ކުރެ ބްރޭންޑެއްގެ ފޯނެއް ނުގެންގުޅެވޭނެ އެވެ.
މި ބިލުގެ ދެ މަގްސަދެއް ވާކަމުގައި މުރާސިލުން ބުނެ އެވެ. އެއް މަގުސަދަކީ މި ބްރޭންޑްތަކަކީ ޗައިނާގެ އުފެއްދުން ކަމުގައިވާއިރު ޗައިނާގެ އިގްތިސޯދަށް ދެރައެއް ދިނުމުގެ މަގްސަދު ކަމަށާއި ދެވަނަ މަގްސަދަކީ ޗައިނާއިން ސްޕައި ކޮށްފާނެ ކަމުގެ ބިރު އޮތަތީ އެ ބިރު ނައްތާލުމުގެ މަގްސަދު ކަމުގައި މުރާސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް