ތުރުކީގެ އައްސޭރިފަށުގައި އޮންނަ އެއާޕޯޓެއްގެ ރަންވޭ އަކުން ޕެގާސޫސްގެ ފްލައިޓެއް ކައްސާލައިފި އެވެ.
އިއްޔެ ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. ނަމަވެސް ފްލައިޓް ރަންވޭ އިން ކައްސާލައި "ބްލެކް ސީ" އާއި ދިމާއަށް ގޮސް މަޑު ވެލިގަނޑެއްގައި ހަރުލާފައި އޮތް އިރު ފްލައިޓް އޮތީ މޫދާއި ދެތިން މީޓަރު ދުރުގައި އެވެ. އެ ފްލައިޓަކީ ތުރުކީގެ ވެރިރަށް އަންކާރާއިން ފުރައިގެން އައްސޭރި ފަށުގައި އޮންނަ އެއާޕޯޓެއް ކަމުގައިވާ ތުރަބްޒޯން އެއާޕޯޓަށް ޖެއްސި ފްލައިޓެކެވެ.
މި ހާދިސާ ހިނގިއިރު އެ ފްލައިޓްގައި 168 ޕަސިންޖަރުން ތިއްބެވެ. އެއްވެސް ޕަސިންޖަރަކަށް އަނިޔާ ނުވި ނަމަވެސް އެ ހާދިސާ ހިނގި ވަގުތު ފްލައިޓްގައި ތިބި މީހުން ތިބީ ވަރަށް ބިރުން ކަމުގއަި ރިޕޯޓް ކޮށްފައި ވެ އެވެ.
ޕެގާސޫސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮއިންގް 737-800 މަރުކާގެ ފްލައިޓް ރަންވޭ އިން ކަހާލި ހާދިސާގައި އެއްވެސް ޕަސިންޖަރަކަށް އަދި ކްރޫއަކަށްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް