ރ. ވާދޫގެ ތިން ހެކްޓަރުގެ ބިމުގައި ރިސޯޓެއް ހެދުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ރ. ވާދޫ އިން ތިން ހެކްޓަރުގެ ބިން ސިންގަޕޫރުގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ. މިކަމަށްޓަކައި މާލޭގެ މާގިރި ހޮޓަލުގައި ބޭއްވިި ރަސްމިއްޔާތެއްގައި ވާދޫ ކައުންސިލ...

14 Dec 2021 | 17:43

ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ރ. ވާދޫ އިން ތިން ހެކްޓަރުގެ ބިން ސިންގަޕޫރުގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި މާލޭގެ މާގިރި ހޮޓަލުގައި ބޭއްވިި ރަސްމިއްޔާތެއްގައި ވާދޫ ކައުންސިލުން ވަނީ ސިންގަޕޫރުގެ އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓް އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި މަޝްރޫއު ޕްލޭންކޮށް، ކޮންސެޕްޓް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ވާދޫގެ އުތުރުު ފަރާތުގައި ހަދާ މި ރިސޯޓު ތަރައްޤީ ކުރަނީ ހަތަރު ތަރީގެ ފެންވަރަށެވެ.

އެގޮތުން، އެ ރިސޯޓުގައި 25 ބީޗު ވިލާ އާއި 25 ގާޑެން ވިލާ ހަދަން ވަނީ ނިންމައިފައެވެ. އަދި މި މަޝްރޫޢު ކާމިޔާބު ކަމާއިއެކު ނިންމާނެ ކަމުގެ ޔަޤީން ކަން ސިންގަޕޫރުގެ ކުންފުނިންދޭ ކަމުގައި ވާދޫ ކައުންސިލުން ހާމަ ކުރެއެވެ.

ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، ވާދޫން ތިން ހެކްޓަރުގެ ބިން ރިސޯޓު ތަރައްޤީ ކުރުމަށް އެ ރަށު ކައުންސިލުން 2016 ވަނަ އަހަރު ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމުގައިވާ ފާލަން ހޯލްޑިންސްއާ އެވެ. އެކަމަކު، ކޮވިޑް-19 އާއި ގުޅިގެން ދިވެހި ކުންފުނީގެ އިންވެސްޓްމަންޓް ގެއްލިފައިވާތީވެ،

އެއްބަސްވުމަށް ބަދަލު ގެނެސް، އިއްޔެ މި ބިން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެމް ޓުވެންޓީ ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް