ލ. ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ކައްދޫ އާއި މާންދޫއާ ދޭތެރޭގައި އެވެ. އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.
މަންޒަރު ދުށް މީހަކު "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށެވެ. އެމީހާ މިހާރު ގަމު ރީޖަނަލް ހޮސްޕިޓަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.
އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް