ހަނިމާދޫން ނެގުނު 114 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ފަސް ސާމްޕަލް!

ހދ. ހަނިމާދޫން ނެގުނު 114 ސާމްޕަލްގެ ތެރެއިން ފަސް ސާމްޕަލެއް ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެ އެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން 12 ވަނަ ދުވަހު 73 ސާމްޕަލް ނެގިއެވެ. އޭގެތެރެއިން ޕޮޒ...

14 Dec 2021 | 16:28

ހދ. ހަނިމާދޫން ނެގުނު 114 ސާމްޕަލްގެ ތެރެއިން ފަސް ސާމްޕަލެއް ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން 12 ވަނަ ދުވަހު 73 ސާމްޕަލް ނެގިއެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 2 ސާމްޕަލެވެ. އަދި 13 ވަނަ ދުވަހު 41 ސާމްޕަލް ނެގިއިރު އެތަނުން 3 ސާމްޕަލެއް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މި ދެދުވަހު ވެސް ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

12 އަދި 13 ވަނަ ދުވަހު ގިނަ ފަރާތްތަކުން ރެންޑަމް ސާމްޕަލް ދީފައި ވީނަމަވެސް ހަނިމާދޫ ސިއްހީ މަރުކަޒުން ރެންޑަމްކޮށް ނެގޭ ސާމްޕަލްގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ހަނިމާދޫ ގައި ނަގާ ސާމްޕަލް ތަކުގެ ތަފްސީލް ހާމަނުކުރާތީ ގިނަ ރައްޔިތުން އެކަމާ ކަންބޮވުން ފާޅުކޮށް ވާހަކަދައްކާފައިވެ އެވެ.

ކޮވިޑް ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުން މިރޭވެސް 19:30 އިން 20:30 އަށް ހަނިމާދޫ ސިއްހީބމަރުކަޒު ރަސްމީ ގޭޓް ކުރިމަތީގައި ކުރިއަށް ގެންދަން ވަނީ އެ މަރުކަޒުން ރާވާފައެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 50 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް